މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށާއި، ގެއްލުން ލިބުނު މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި އިރު، ސައިކަލު ދުއްވަން ތިބި މީހުންގެ ލައިސެންސް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި އަދި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތައް ދުވަހެއް ދުވަހަކަށް އިތުރުވެފައި ވާއިރު، މި މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. އެގޮތުން ކޮންމެ މީހަކުވެސް މަގު މަތީގައި ދުއްވާތާ 5 މިނަޓު ވާއިރު ފުލުހަކު ފެންނާނެ ހެން ވަނީ އުސޫލެއް އެކުލަވާލާފައެވެ.

ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވުމާއެކު އެކިއެކި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މަގުތަކުގެ ފޯރިމަރަން ފުލުހުން ހަރަކާތްތެރިވުމުންދާ މިންވަރު އިތުރުކުރުމުގެ އިތުރުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.