މާލޭގެ ފިހާރައަކަށް ވަދެ، ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައުލޫމާތު ރޭ 10 ޖަހާކަން ހާއިރު ލިބުނު ކަމަށެވެ.

އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ، އަނިޔާ ލިބުނު މީހާ އަށް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި، އަނިޔާ ލިބުނީ ދިވެހި ފިރިހެނަކަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންދާ ކަމަށެވެ.