ނެޓްވޯކަށް މައްސަލައެއް ދިމާވެ، ފުލުހުންގެ އޮންލައިން ހިދުމަތްތައް މެދުކެނޑިއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އޮންލައިން ހިދުމަތްތައް މެދުކެނޑިފައި ވަނީ ފުލުހުންގެ ހިދުމަތުގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުންގެ އިދާރާއިން އޮންލައިންކޮށް ދޭ ހިދުމަތްތައް:

  • މައްސަލަ ހުށަހެޅުން
  • މައްސަލައާ ބެހޭ މައުލޫމާތު ހޯދުން
  • ޕޮލިސް ސެޓްފިކެޓްއަށް އެދުން
  • ޕޮލިސް ސެޓްފިކެޓް ޗެކްކުރުން
  • ޓޯ ކުރެވިފައިވާ އުޅަނދުތަކުގެ މައުލޫމާތު
  • ޕާކިން ސްޓިކާ
  • ގެއްލިގެން ހޯދާ ފޯނު އަދި މޮޓޯ ސައިކަލުތައް
  • ތަފާސް ހިސާބު

ފުލުހުން ބުނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.