މިއަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ކުށް ކުރުން މަދުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުސްވި ސެޕްޓެމްބަރު މަހާއި އޮގަސްޓު މަހުގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު، އަހުމަދު ޝިފާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިިދާޅުވީ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ވައްކަމާއި ފޭރުމާއި ޖުމްލަ ކުށްމަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

އަދި މި ބަދަލުތައް ފެންނަށް ފަށާފައި ވަނީ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ޝިފާން ވަނީ ފާހަގަ ކުރައްވާފަައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކްސިޑެންޓުތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ވަނީ މަދުވެފައެވެ.

އެގޮތުން ވައްކަމުގެ 327 މައްސަލައެއް އޮގަސްޓު މަހު ރިޕޯޓުކޮށްފައުވާއިރު ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 230 އަށް މަދުވެފައެވެ. އަދި ޓްރެފިކް އެކްސިޑެންޓްގެ 204 މައްސަލަ އޮގަސްޓު މަހު ހުށަހަޅާފައިވާއިރު އެ އަދަދު ވެސް ވަނީ 143 އަށް މަދުވެފައެވެ. ހަމައެހެންމެ ފޭރުމުގެ 46 މައްސަލައެއް އޮގަސްޓު މަހު ހުށަހަޅާފައިވާއިރު ސެޕްޓެމްބަރު މަހު ވަނީ އެ އަދަދު 32 އަށް މަދުވެފައެވެ.

މީގެ އިތުރުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރ:

  • ގެވެށި އަނިޔާ: އޮގަސްޓު - 31 މައްސަލަ، ސެޕްޓެމްބަރު: 11 މައްސަލަ
  • މަސްތުވާތަކެތި: އޮގަސްޓ - 134 މައްސަލަ، ސެޕްޓެމްބަރު: 111 މައްސަލަ
  • މާރާމާރީ: އޮގަސްޓް - 55 މައްސަލަ، ސެޕްޓެމްބަރު: 48 މައްސަލަ
  • ޖިންސީ ގޯނާ: 43 އޮގަސްޓް - މައްސަލަ، ސެޕްޓެމްބަރު: 12 މައްސަލަ

މީގެ އިތުރުން ގެއްލުން ދިނުމުގެ 50 މައްސަލަ މި އަހަރުގެ އޮގަސްޓް މަހު ރިޕޯޓްކުރިއިރު ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 40 މައްސަލަ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެކި ތަކެތި ގެއްލިގެން ހުށަހެޅި މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ގެއްލުން ދިނުމުގެ މައްސަލަތަކާއި ކައުންޓާފީޓް އާއި ފޯޖަރީގެ މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ކައުންޓާފީޓް އާއި ފޯޖަރީގެ 16 މައްސަލަ އޮގަސްޓް މަހު ރިޕޯޓްކުރިއިރު އެ އަދަދު ސެޕްޓެމްބަރު މަހު ވަނީ 12 އަށް ދަށްވެފައެވެ. އަދި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައްވެސް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ