ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހެއް މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އެއީ މާލެ-ވިލިމާލެ ބްރިޖުގައި މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. މި މީހާ ފެނިފައިވާއިރު އިއްޔެ ވަނީ މާލޭގެ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މަރުވެފައި އޮތް ދިވެއްސަކު ފެނިފައެވެ. އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އިބްރާހިމް ޖައުހަރީ (ޖައުފަރު) 62އ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.