ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފެނުނު ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ 1 ގައި ހުންނަ އަލިނަރު ކެފޭ ކައިރިން ހޮވައިގެން ގެންގޮސްފައިވާ ކުކުޅު ކޭހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އަދި ކުކުޅު ކޭހުގެ ވެރިފަރާތުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9980062 އަށް ގުޅުމަށް އެދިފައި ވެއެވެ.

މަގުމަތިން ފެންނަ އެކި ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މީގެ ކުރިން ވެސް ފުލުހުން ކޮށްފައި ވެއެވެ. އެގޮތުން ފައިސާ އާއި ހިފާ ގެންގުޅޭ ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކުރެއެވެ.