އައްޑޫ ސިޓީ މަރަދޫ ގެއެެއްގެ ގުދަނަކާއި ހަޓެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އަލިފާން ރޯވެފައިވަނީ އައްޑޫ ސިޓީ މަރަދޫ އެތުމާގޭގައެވެ.

ފަތިހު 5:30 އެހާކަށްހާ އިރު ރޯވި އަލިފާންގަނދު އާންމުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ފުލުހުން ގުޅިގެން ނިއްވައިލެވުނު އިރު އެތަންތަމުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިފައެވެ. އެތަނަކީ ގާޑިޔާ ވިޔަފާރި ހިންގަމުން އައި ތަނެކެވެ.

މި އަލިފާން ރޯވާން މެދުވެރި ސަބަބު ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.