އައްޑޫ ސިޓީ މަރަދޫ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މަރަދޫ އިން އަހްމަދު ހާރޫން ނަމަކަށް ކިޔާ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:30ހާއިރެވެ.

ފުލުހުން ބުނީ އެމީހާ ފެނިފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގޯތިތެރޭގައި ވަކިން ހަދާފައި ހުރި ކޮޓަރިއެއްގެ ތެރެއިން މިއަދު 17:05 ހާއިރުކަމަށެވެ. އަދި އެމީހާގެ ސިއްހީ ހާލަތު ބެލުމަށް މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް'އަށް މައުލޫމާތު ދެމުން ހާރޫންގެ އާއިލާ މީހަކު ބުނީ އިއްޔެ އޭނާ ގެއިން ނުކުމެގެން ދިޔައީ ކޮންމެވެސް މައްސަލައެއް ޖެހި ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި އެ ފަހުން އޭނާގެ އެއްވެސް ހަބަރެއް އާއިލާއަށްވެފައި ނުވާކަމަށެވެ.