އައްޑޫ ސިޓީ މަރަދޫ އިން މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

މަރަދޫ އިން ގެއްލިގެން ހޯދަމުން ދަނީ އަހްމަދު ހާރޫން ކިޔާ މީހެކެވެ.

ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު 19:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް އޭނާ އެބުރު ގެއަށް ނައިސްގެން އުޅޭ މައްސަލަ މިއަދު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.