ރަސްފަންނުގައި ތިބި ބިދޭންސީން ތަކަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ދެ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ރަސްފަންނުގައި ތިބި ބިދޭސީން ތަކަކަށް ވަޅިން ބިރު ދައްކައި ފައިސާ ހޯދުމަށް ދެ ދިވެއްސަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ވެސް ބުނެ ބިރުދައްކާފައިވާ ކަމަށެވެ.

އެގޮތުން އެ ދެމީހުން ވަނީ ދެ ބިދޭސީއަކަށް ބިރުދައްކައިގެން ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ، ސ. ހިތަދޫ،. އަތިރީގެ، އަހްމަދު ސިވާތު އާއި އުމުރުން 37 އަހަރުގެ، ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުން ބިދޭސީންގެ އަތުން ފޭރުނު ފައިސާ ހޯދާފައިވާ ކަަމަށާއި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.