މާލޭގެ ގެއެއްގެ 6 ވަނަ ފްލޯގެ ދޮރުގެ ބިއްލޫރިގަނޑު ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ،

މާފަންނު ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ 6 ވަނަ ފްލޯގެ ދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓިފައިވާ ކަމަށް މިރޭ 7:12 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައުކަލުގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެ މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެއީ އެވަގުތު އެތާނގައި ޕާކު ކުރަން އުޅުނު ސައިކަލެއް ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.