މާލޭ، މާފަންނު ގެެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޭގައި މީހަކު މަރުވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 23:33 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ އެގޭގެ 3 ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނުީ 57 އަހަރުގެ ދިވެހި ފިރިހަނެއްކަމަށެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.