ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓް ކޮށްފިއެވެ.

ދާއޫދަށް މިއަދު ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އޭނާ ވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާ ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް އަދާކޮށްފައެވެ. ދާއޫދަކީ ހުޅުމާލޭ ފޮލިސް ސްޓޭޝަން ހެޑްވެސްމެއެވެ.

ފުލުހުންގެ އޭސީޕީގެ މަގާމަކީ އެ މުއައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކު ކަމަށްވާއިރު ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.

ދާއޫދަށް ޕްރޮމޯޝަން ދީފައިވާއިރު ދާދިފަހުން ވަނީ ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އަހުމަދު ޝިފާން އާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފްވެސް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.