އިމިގްރޭޝަންގެ އޮފިޝަލުންކަަމަށް ބުނެ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި 3 މީހަކު ވަދެ، ބަންގަލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000 ރުފިފާ ފޭރުނު މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މަހުގެ 16 ވަނަ ދުވަހު ހުށަހެޅި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ، މުހައްމަދަު ނަވީން (44އ) އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މީގެ ކުރިންވެސް އެކި މުވައްސަސާތަކުގެ ނަމުގައި ފޭރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މަކަރާއި ހީލަތުން ފޭރުމުގެ މައްސަލަވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު މިއަހަރުގެ މިހާތަނަށް ފޭރުމުގެ 363 މައްސަލަ ހުށަހަޅާފައިވެއެވެ.