ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފާ ކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައިގައި ޕީޖީ އޮފީހުގައި ދައުވާކޮށްދިނުމަށް އެދުނީ އަހްމަދު މިހާދު (44އ) ގ. އޯލްޕެރިސް އަދި ރިމާނާ މޫސާ (39އ) ގ. ރަނައުރާގެއާގެ މައްޗަށެވެ.

މި އަހަރު ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭގައި ހިނގިި މި ހާދިސާގެ މައްސަލައިގެ ތަހުގީގު ނިންމައި، މި ދެމީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަ އަންނަނީ އިތުރުވަމުންނެވެ.