އަންހެން 2 ދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެގައި ބައްޕައަކު އޭނާގެ 2 އަންހެން ދަރިން އަދި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މެދު ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ އިއްޔެ ބުނެފައެވެ. ބައެއް މަސްދަރުތަކުގައިވާ ގޮތުން މި މައްސަލައިގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.