މެދު ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން މި މައްސަލައިގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

މިފަދަ މައްސަލައެއް މެދު ދެކުނުގެ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމާއި، ސޯޝަލް މިނިސްޓްރީ އާ ގުޅިގެން މެދު ދެކުނުގެ ފުލުހުންގެ އިދާރާ އިން އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމުގެ މައުލޫމާތު ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އާންމު ގޮތެއްގައި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅުންހުރި މައްސަލަތަކުގައި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެ ކުދިން ނިސްބަތްވާ އަތޮޅާއި ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ.