ފުލުހުންގެ ސައްހަ ނޫން ބަޔާނެއް ދައުރު ކުރަމުންދާ މައްސަލައިގައި ތޮއްޔިބު ޝަހީމްގެ ފޯނު ހިފަހައްޓައިފިއެވެ.
ތޮއްޔިބުގެ ފޯނު ހިފަހައްޓާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ތޮއްޔިބުގެ ފޯނުގެ އިތުރުން އިލެކްޓްރޯނިކް ބައެއް ތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.
ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކްސް ހިފަހައްޓާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ތޮއްޔިބް އަންނަނީ އެކްސްގައި ސަރުކާރަށް ފާޑުކިޔައި، ސަރުކާރުން ހިންގާ އެކިއެކި މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. މި ސަރުކާރުގައި އޭނާ ސްޓެލްކޯގެ މަގާމަކަށް އައްޔަން ކުރުމަށްފަހު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.