ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައިވަނީ ޅ. ހިންނަވަރާއި ނައިފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށް ބުނެފައެވެ.

އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް ޖުމްލަ 12 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 86.26 ގްރާމް ހުރިކަން ހާމަކޮށް ފުލުހުން ބުނީ ބަލާ ފާސްކުރި ތަންތަނުން 29،3000 ދިވެހި ރުފިޔާ އާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ

1- ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / އަގީދުގެ

2- އަހްމަދު މުޙައްމަދު (36އ)، ޅ. ހިންނަވަރު / މިދިލިމާގެ

3- އަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ނައިފަރު / ޑޭޒީހިޔާ،

4- މުހައްމަދު އިރުޝާދު (35އ)، ޅ. ހިންނަވަރު / ފެހިގެ

5- ފާތިމަތު ރީމާ (44އ) އދ. މަހިބަދޫ / ކުޅިބަލާގެ،

މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނި ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަހްމަދު މުހައްމަދު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. އަދި އަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާތިމަތުު ރީމާ 12 ދުވަހަށް އަދި މުހއްމަދު އިރުޝާދު 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.