މިއަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯޔާޑުގައި އޮވެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ތެރެއިން ޖުމްލަ 205 އުޅަނދެއް އުސޫލުގެ ތެރެއިން ނައްތާލާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި 37 ކާރު، 114 ސައިކަލު އަދި 84 ބައިސިކަލް ވަނީ ނައްތާލާފައެވެ. މީގެ އިތުރުން ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 173 އުޅަނދެއް ރީ ލޮކޭޓް ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ މަގުތައް ތަރުތީބު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދު ވަނީ ޓޯ ކޮށްފައެވެ. އެ ގޮތުން ހުޅުމާލެ ފޭސް 1 ކުން ޖުމްލަ 192 އުޅަނދު ވަނީ ޓޯކޮށްފައެެވެ. އޭގެ ތެރޭގައި ހިމެނެނީ ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކޮށްފައިވާ 8 އުޅަނދާ، ނުރައްކާތެރިކޮށް ދުއްވައިގެން 37 އުޅަނދާއި، ލައިސަންސް ނެތިގެން ދުއްވައިގެން 147 އުޅަނދެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 ކުން ޖުމްލަ 161 އުަޅަނދެއް ޓޯކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ނުރައްކާތެރިކޮށް ދުއްވައިގެން ޓޯކުރި 7 އުޅަނދާއި، ލައިސަންސް ނެތިގެން ދުއްވައިގެން ހިފެހެއްޓި 140 އުޅަނދެވެ.