ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ތަހްލީލު ކުރުމަށްޓަކައި މާލެ ގެނެސްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޒަކިއްޔާގެ ހަށިގަނޑު ތަހްލީލުކުރުމަށްޓަކައި މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށާއި، މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޒަހަމްތަކަކާ އެކު ހޮޅުދޫގެ ގެއެއްގައި ޒަކިއްޔާ މަރުވެފައި އޮތްކަމަށް ފުލުހުންނަށް ހެނދުނު މައުލޫމާތު ލިބުމުން، އެ ގެއަށް ގޮސް އޭނާގެ ހަށިގަނޑު އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ ޒަކިއްޔާ މަރުވެފައިވާ ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ ހޮޅުދު އަށް އިއްޔެ ގޮސްފައެވެ.

މިއަދުގެ ވަގުތެއްއި ކުޅުދުއްފުށީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިފައިވެއެވެ.