މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭ ޖަމިއްޔާތަކާއެކު ސޮއިކޮށްފިއެވެ.

މަދަނި ޖަމްއިއްޔާތަކުގެ ތެރެއިން މި އަހަރު ޖުމްލަ 16 ޖަމްއިއްޔާއަކަށް ގްރާންޓް ދިނުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 13 ޖަމްއިއްޔާއަކާ އެކު މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި ބާކީ ތިން ޖަމްއިއްޔާއާއެކު ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ސޮއިކުރެވުނު ޖަމްއިއްޔާތަކަކީ

- ދުވާފަރު ޔޫތު މޫވްމަންޓް

- އައިކަންސް އެސޯސިއޭޝަން

- ތުޅާދޫ ސިލްވާ ޝައިން ސްކްލަބް

- ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

- ޖަމްއިއްޔަތުލް ސަލަފް

- ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން

- ޓޮޕްސީ

- އެސޯސިއޭޝަމް ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް

- ގަމު ޒުވާނުންގެ ޖަމްއިއްޔާ

- ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން

- ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ

- ހުވަދޫ ޑިވެލޮޕްމަންޓް އިނީޝިއެޓިވް

- ދި އިކޯ އޮގަނައިޒޭޝަން

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީދިނުމަށް ނިންމާ އިއުލާންކޮށްފައިވަނީ މި ދިޔަ މެއި މަހުގެ ތެރޭގައެވެ.

މިފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި،މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށްކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ މަދަނީ ޖަމްއިއްޔާތަކަށް އެހީދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރުފުޅާކުރުން ކަމަށެވެ.