ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ހައިވޭ ކައިރި ހުރި ޕެޓްރޯލް ޝެޑް ކައިރީގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިރޭ ހިނގި މި އެކްސިޑެންޓުގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ. އަދި އެ 2 މީހުން ހުޅުމާލެ ހޮސްޕިޓަލްއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއަދުވެސް ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މިއަދު 6:50 އެހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދުއްވި ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.