2009 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ދިވެހި ފިލްމު އުދަބާނި ގެ ދެވަނަ ބައި މި މަހު 19 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނައިރު ފިލްމުގެ ޓްރެއިލާއެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ބެލުންތެރިން ސިއްސުވާލާ ހިތްނުތަނަވަސްކޮށްލާ ފަދަ މަންޒަރުތައް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދާއިރު މި ފިލްމަކީ އިސްމާއިލު އީސާ (އާނަންދު) އެވެ. އަދި މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ފާތިމަތު ޝުހާއެވެ. ދެތަރިންގެ އިތުރުން ފިލްމުން ދެން ފެނިގެންދާނެ އިތުރު ތަރިންނަކީ އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް އަދި ޝަކީލާ އެވެ. މި ފިލްމުގައި ފުރަތަމަ ބައިން ފެނިގެންދިޔަ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއިލް މި ފިލްމުން ފެނިގެނެއް ނުދާނެއެވެ. މި ފިލްމަކީ ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު އަލީ (އަމްޖޭ) ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގައި ހާމިދު ވެސް ހަރަކާތްތެރިވާނެއެވެ.

https://youtu.be/Roi3AWL3OP0

ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔުނު ވާހަކަ އުދަބާނި އަށް ފިލްމެއް އުފެއްދިއިރު އެ ފިލްމުވެގެން ދިޔައީ އޭރު ނެރުނު އެންމެ މަޝްހޫރު ފިލްމަށެވެ. ބިތުވެރި އެތައް ހާދިސާތަކެއް ފެނިގެންދާނެ މި ފިލްމުގެ ދެވަނަ ބައި ފުރަތަމަ ބަޔަށް ވުރެ މާ ރީތިވާނެ ކަމަށް ބެލެވެއެވެ.