މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ، މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގައި ކަރަންޓު ބޯޑެއްގައި ކަމަށެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއްކޮށްފައި ނުވާކަމަށް އެމްއެންޑިއެފް އިން ވަނީ ބުނެފައެވެ.