ހއ. ފިއްލަދޫގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިންގާފައި ވާކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގެ ޓީމެއް ފިއްލަދޫއަށް ގޮސް ކައުންސިލަށް ވަދެ ފާސްކުރަން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީގެ ޓީމެއް މިހާރު އެ މައްސަލަ ތަހުގީގު ކުރުމަށް ފިއްލަދޫގައި ހަރަކާތްތެރި ވަމުން އަންނަ އިރު، އެ ޓީމުގައި ހިމެނެނީ ދެ އަންހެހުންނާ ދެ ފިރިހެހުންނެވެ. އެ ޓީމް ފިއްލަދޫއަށް ގޮސްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގައި ކަމަށް ވާ އިރު، އެ ޓީމް އެ ރަށަށް އައި ކަން އެ ރަށުގެ ކައުންސިލަށް ވެސް ނާންގައެވެ. އަދި އަންގާރަދުވަހު އެ ޓީމް ކައުންސިލަށް ވަދެ ވަނީ ބަލައި ފާސްކުރަން ފަށާފައެވެ.
އެގޮތުން ކައުންސިލްގެ ލިޔެކިޔުންތައް ފޮޓޯ ކޮޕީ ހައްދައި، އެތަން ބަލައި ފާސްކުރުމުގައި އޭސީސީގެ ޓީމް ވަނީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތަކާ ހަމައަށް ހަރަކާތްތެރި ވެފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި މި ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށް ވާ އިރު، މިހާރު ރަށުގެ ރައްޔިތުންނާ ފުލުހުން އަންނަނީ ސުވާލު ވެސް ކުރަމުންނެވެ.
މިކަމާ ގުޅިގެން އަދި އޭސީސީގެ ބަހެއް ލިބިފައެއް ނުވި ނަމަވެސް މީގެ ކުރިން އެ ކޮމިޝަނުން ވަނީ ފިއްލަދޫގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ބުނެ ހުށަހަލާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އެންމެ ފުރަތަމަ ފިއްލަދޫ ކައުންސިލުން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބިޑަށް ކުރިމަތި ލެނޭވެ ފަރާތްތަކާއި ކުރިމަތިލުމަށް ހަދަން ޖެހޭނެ ގޮތާއި އިއުލާނުގެ ސުންގަޑިއާއި ބިޑް ޕްރޮޕޯސަލްތައް ހުޅުވުން ކުރިއަށް ދާނެ ގޮތާއި ބިޑް ހުޅުވާ ތަން ވެސް ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައި ވެއެވެ.
ނަމަވެސް ކުއްލިއަކަށް އެމަހުގެ 30 ވަނަ ދުވަހު އިތުރު އިއުލާނެއް ކޮށް ބިޑް ހުޅުވަން ހަމަޖެހިފާވާ ތަން ވަނީ ބަދަލު ކޮށްފައެވެ. ކުރިން ބިޑް ހުޅުވުން ހަމަޖެހިފައި އޮތީ ފިއްލަދޫ ކައުންސިލްގެ އިދާރާގައި ނަމަވެސް ބިޑަށް ރަޖިސްޓްރީ ކުރި ފަރާތްތައް ގިނަ ކަމަށް ބުނެ ބިޑް ހުޅުވުން އެ ރަށު އިޖްތިމާއީ މަރުކަޒަށް ބަދަލުކުރިއެވެ.
މީގެ ސަބަބުން ބިޑް ހުށަހަޅަން ހާޒިރުވުމުގައި ބައެއް ފަރާތްތަކަށް އޮޅުން އަރާ، ބިޑް ހުޅުވާ ސުންގަނޑިއަށް ހާޒިރު ވެވުނީ ކައުންސިލް އިދާރާއަށް ކަމަށާއި އެފަރާތްތަކަށް ބިޑް ހުށަހެޅޭނެ ގޮތެއް ނުވެ ފަހުން އެ ބިޑްތައް ބަލައި ނުގަތް ކަމަށް އެ ރަށުގެ ބައެއް މީހުން ވަނީ ބުނެފައެވެ. ހަމައެއާއެކު ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އިއުލާނު ކުރުމުގެ ދުވަސްކޮޅެއްގެ ކުރިން، ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންގެ މަސްލަހަތު ހިމެނޭގޮތަށް ގިނަ އަދަދެއްގެ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތައް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެގޮތުން ކައުންސިލް މެންބަރުންގެ ތިމާގެ މީހުންނާއި ރައްޓެހިންގެ ނަމުގައި ބައެއް ވިޔަފާރިތައް އަވަސް އަރުވާލައިގެން ވަނީ ރަޖިސްޓްރީ ކޮށްފައެވެ
މި އިއުލާނާ ގުޅިގެން ކައުންސިލް އިދާރާގެ މެންބަރުންނާއި މުވައްޒަފުން ވެސް ބިޑް ޕްރޮޕޯސަލް ހުށަހަޅާ، ބިޑްގައި އާންމުފަރާތްތަކާ އެއް އުސޫލުން ބައިވެރިވެފައި ވާއިރު، ހަމަ އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ބިޑިން ޕްރޮސެސް ތެރޭގައި އަމަލީގޮތުން އުޅެ، ބިޑްތައް ބައިލައިގަތުމުގަ އާއި ސައްހަ ކަމާއި ބާތިލްކަން ކަނޑައެޅުމުގައިވެސް ބައިވެރިވެފައި ވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މަށާ މަ އަންހެނުންނާ ދިން ދޮގު ބަޔާނުން ރާއްޓެ ބައްދާލެވޭތޯ ވަރަށް މަސައްކަތް އެބަ ކުރަން… އެކަމް އަތައް ގޮވަނި
ގިނަ ލިޔެކިޔުން ރޭގަ ވާނީ މޫދަށް އަޅާލާފަ. ނުހޯދޭނެ ތިލަ ލިޔުންތަކެއް. ލިޔުންތައް ނައްތާލުމުގަ އުޅެނީ މަޝާ ނަފީސް އާ ރާއްޓެއާ. ކޮށްބެ.
އަހަރުން ގޭގަ ކޮޓަރިއެއްގަ އެބަހުރި ތިކަމާގުޅޭ ވަރަށް ގިނަ ލިޔެކިޔުން ރައްކާކޮށްފަ.
އަހަރުންގޭ ގޮލާ ދުވަސް މިފަހަރުދާނެ
މިހާތަނަށް ތަހުގީގަށް ގެންގޮސްފި ފަލާހް، ޖޯބެ ފަތުހިއްޔާ، ވައްޑެ، އަސްގަރު. ގޫފީ. ކުއްވެރިވާ މީހުން ގެންދާނީ އެންމެ ފަހުން.
ނުވާނެ ތިކަމެއް. ނުހިފޭނެ. ނުހިފޭގޮތަށް ކަންކޮށްފަ ހުނަނާނީ