މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނު ކުރި އަހުމަދު އަތުހަރު، ހުރީ މައްސަލަ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވާން މަސައްކަތް ކޮށްފައި ވަނީ ބަންދުކޮށްފައި ހުރި ގޮޅީގައެވެ. މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އަތުހަރު މަރުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް ފުލުހުން އެކަން ދޮގު ކުރެއެވެ.
އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލުމަށެވެ.
އެގޮތުން އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރިއެވެ. އެކަމަކު ފުލުހުން ވަނީ އަތުހަރުގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި މަގުމައްޗަށް ވައްޓާލާ އަންހެން މީހާ ސަލާމަތްކޮށްފައެވެ.
އަދި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި އަތުހަރުގެ އެއްވެސް ޓެސްޓަކުން އޭނާއަށް އެއްވެސް ސިއހްީ މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.