މާލޭގެ މާފަންނު ގެއެއްގައި އަންހެނަކު ކިޑްނެޕް ކުރި ށ. މިލަންދޫ، ހެޕީލޭންޑް، އަހުމަދު އަތުހަރަށް އިތުރު ފަރުވާ ދިނުމަށް އައިޖިއެމްގައި ބޭއްވުމަށް ފަހު ދޫކޮށް ލުމުން ފުލުހުން އޭނާ ހައްޔަރު ކޮށްފިއެވެ. އެވެ.
ކިޑްނެޕް ހާދިސާގައި އަތުހަރަށް އަނިޔާވީ، އޭނާ ހުއްޓުވަން ފުލުހުންގެ އޮފިސަރަކު އޭނާގެ ބޮލުގައި މުގުރުން ޖަހާ ވައްޓާލުމުން ބޯފަޅައިގެން ދިޔުމާއެކުގައެވެ. އެއާއެކު އޭނާއަށް ފަރުވާ ދޭން ފުރަތަމް ގެންދިޔައީ އޭޑީކޭއަށެވެ.
ފަރުވާއަށް ފަހު އޭޑީކޭން ދޫކޮށްލުމުން ފުލުހުން އޭނާ ހައްޔަރު ކޮށްފައި ހުއްޓާ، ހާލު ދެރަވާން ފެށުމުން ދެން ގެންދިޔައީ އައިޖީއެމްއެޗަށެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ މިއަދު ހެނދުނު ކަމަށާއި އެއާއެކު އަލުން ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަތުހަރު ކިޑްނެޕް ކުރި ނުވަތަ ރަހީނު ކުރި އަންހެން މީހާ އަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވީ އެ ދެމީހުން އެކުގައި އުޅޭތަނަށް ކުލި ދެއްކުމުގައި ދެމީހުންގެ ދެމެދުގައި ކުރި ޒުވާބެއްގެ ތެރެއިން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން ކުށެއް ސާބިތުވެ ޖަލަށްލާފައި ހުއްޓާ 2022 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަފްއާންމު ލބި މިނިވަން ވި އަހުތަރަކީ ވަޒީފާއެއް އަދާކުރާ މީހެއް ނޫން ކަމަށާއި އުޅޭތަނަށް ކުލި ދައްކަމުން އައީ އަންހެން މީހާ އަދާ ކުރާ ވަޒީފާއިން ލިބޭ ފައިސާއިން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި ކިދްނެޕް ކުރުމުގެ ހާދިސާގެ މަންޒަރުތައް އާންމު ވެފައި ވާ އިރު އަތުހަރު ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގޭތެރެއިން މަގުމައްޗަށް ނެރެ ގޮސް ސައިކަލަކަށް އަރުވައިގެން ފިލަން މަސައްކަތް ކޮށްފައެވެ.
އޭނާ މަގުމައްޗަށް ވައްޓާލީ، ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ސައިކަލު މަގުމަތީގައި މަޑުކޮށްލި ވަގުތު ފަހަތުން އައި ފުލުހުންގެ ދެމީހުންގެ ތެރެއިން އެކަކު އަތުހަރުގެ ބޮލުގައި މުގުރުން ޖަހާ ވައްޓާލުމަށް ފަހުއެވެ.