މަރާމާތަށްފަހު ބަލާ އަންނަން އަންގާފައިވަނިކޮށް ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހައިތަމްގެ ކާރު ގޮއްވާލައިފި ކަމަށް އޭނާ ވިދާޅުވެެއްޖެއެވެ.
ހައިތަމް މިހާރު ދިރިއުޅުއްވަމުން ގެންދަވާ ސްރީލަންކާގައި އޭނާ ދުއްވާ މި ކާރު ގޮއްވާލާފައި ވަނީ އެކްސިޑެންޓަކާ ގުޅިގެން ކާރު ހަދަން ގަރާޖަކަށް ލާފައި ވަނިކޮށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހައިތަމްގެ ކާރު އެކްސިޑެންޓުވީ ދުއްވާފައި ދަނިކޮށް ފަހަތުން އައި ބަހަކުން އެ ކާރުގައި ޖެއްސުމާ ގުޅިގެން ކަމަށް ހައިތަމްގެ އާއިލާއާ ހަވާލަަދީ ބައެއް މީޑީއާ ރިޕޯޓްތައް ބުނެއެވެ.
މަރާމާތަށްފަހު ކާރު ބަލާ އަންނަން ހައިތަމް އަށް ގުޅާފައިވަނީ އިއްޔެކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ. ހައިތަމް ވިދާޅުވީ ކާރު އެކްސިޑެންޓުވި މައްސަލަ ސްރީލަންކާގެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ އިތުރުން ކާރު ގޮއްވާލި މައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.
ހައިތަމްގެ އާއިލާއިން ވަނީ މީގެކުރިން މާލޭގައި އޭނާ ދުއްވި ކާރެއްގައިވެސް ބަޔަކު ޖައްސާ ގެއްލުން ދޭން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ. އެ މައްސަލަ އޭރު ފުލުހުންނަށް ހުށަހެޅި ކަމަށަވެސް ބުނެފައި ވެއެވެ.