ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދިވެހި އަންހެނަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަން އިއުލާނުކޮށްފައި ވަނީ ގދ. ގައްދޫ، ދިލާވަރުގޭ އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމް (A252138)އެވެެ.

މިއީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ފުލުހުން ވަނީ އޭނާގެ ވަނަވަރު އާންމުކޮށްފައެވެ. އެގޮތުން ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހެނދުނު 10:00އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.