މާފަންނު އޮފީހަކުން ވައްކަން ކުރި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މ. ކަނީރުވިލާގައި ހުންނަ ރެއޯލޯ އޮފީހުން ވައްކަންކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ އޮފީހުން ވަގަށް ނަގާފައި ވަނީ ދެ ލެޕްޓޯޕާއި މޮބައިލް ފޯނުތަކެއްގެ އިތުރުން އެހެނިހެން ތަކެތި ކަމަށްވެއެވެ.

މިތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ސީސީޓީވީ ފޫޓޭޖް ބަލައި އެ ތަކެތި ހޯދައި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެމީހުންގެ ވަނަވަރުވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ މުހައްމަދު ކްރިކް ރިޒާ، މއ. ކުރިކީލަހިޔާ، ކ. މާލެ، 43، އަދި އަހުމަދު ނަސްރު، ދިގުވާޑް، ފެއަރީ، ފުވައްމުލައް، 45، އެވެ.

މި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދަ ކަމަށް ވަނީ ބުނެފައެވެ.