ގެއްލިގެން ހޯދަމުންދާ ކުޅުދުއްފުށީ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހދ. ކުޅުދުއްފުށި / ކިނާރާގެ، އަހުމަދު އަނިލް މުހައްމަދު (23އ) ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ ރޭގަ އެވެ. ފުލުހުން ބުނި ގޮތުގައި އަނިލް މިހާރު ދިރިއުޅެމުންދަނީ މާލޭގައެވެ.

އަދި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ފޯނުން ކަމަށް އޭނާގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އަނިލްގެ ހަބަރެއް ނުވާ ކަމަށް ވެއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން މިއަދު ފުލުހުން ބުނީ މިހާތަނަށް އަނިލްގެ ހަބަރެއް ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.

އަދި އަނިލްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކުރުމަށް އެދިފައި ވެއެވެ.