މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި ޒުވާނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ހައްޔަރުކުރި އުމުރުން 30 އަހަރުގެ އަންހެނާގެ ވަނަވަރު ހާމަކުރަމުން ފުލުހުން ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، އުދަރެސް، ސަހާ ވަހީދް ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި މި ތަކެތީގެ ބަރުދަނަކީ 209 ގްރާމް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ފަސް ދުވަހަށް އޭނާ ބަންދުކުރުމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.