މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓާ"ގެ ނަން ބަދަލުކޮށްފިއެވެ.

ޖޮބް ސެންޓަރުގެ ނަން ބަދަލުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

ރައީސް މި ބަދަލު ގެންނަވާފައި ވަނީ އިއްޔެ ނަމަވެސް މިކަން ހާމަ ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

މި ބަދަލާއެކު ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމާއި، ނޭޝަނަލް ކެރިއާސް ސާވިސްއަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ 490 ކަމުގައި ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވެއެވެ.

ޖޮބް ސެންޓަރަކީ ވަޒީފާ ދޭ ފަރާތްތަކަށާއި ވަޒީފާ އަށް އެދޭ ފަރާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ ފުރުސަތުތައް ޕޯސްޓްކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ޒަމާނީ ޔޫޒާ ފްރެންޑްލީ ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ޖޮބް ސެންޓަރުތަކުގެ ތަމްރީނުތަކާއި ކޯސް ތަކުގެ މައުލޫމާތު ދެނެގަނެވި އެ ކޯސްތަކަށް އެޕްލައިވެސް ކުރެވެއެވެ.