އެންޑީއެމްއޭ އާއި މޯލްޑިވްސް މެޓްރޮލޮޖިކަލް ގުޅިގެން 'އިންކްލޫސިވް ކޮމިއުނިކޭޝަން ފޯ މޯލްޑްވިސް އާލީ ވޯނިން ސިސްޓަމްސް' އާ ގުޅޭ ޓްރެއިނިންގް ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހުއެވެ. މި ވޯކްޝޮޕްގައި މީޓިއޮރޮލޮޖިކަލް ސާވިސް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން މިނިސްޓްރީތަކާ، ޑިވެލޮޕްމަންޓް ޕާޓްނަރުންނާ، މުޖުތަމައުގެ ވަކިވަކި ފަރުދުންގެ ތެރެއިން ގާތްގަނޑަކަށް 40-50 ބައިވެރިން ހިމެނެއެވެ. އަދި އޭގެ ތެރޭގައި ރިސްކް ބޮޑު ގްރޫޕްތަކުގެ މީހުންވެސް ހިމެނެއެވެ.

މި ޓްރެއިނިންގެ ބައިވެރިން ތަމްސީލު ކުރާނީ އާބަން ޑިވެލޮޕްމަންޓް ޕްލޭނިން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އަދި އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، ފައިނޭންސް އެންޑް ބަޖެޓް، ޕަބްލިކް ސާވިސަސް، ސިއްހީ ފަރުވާ، ތައުލީމު، މުވާސަލާތީ، ފެނާއި ނަރުދަމާ، ސެކިއުރިޓީއެވެ.

އަވަސް އިންޒާރު ދޭ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (ޑީއާރުއާރު) އަކީ ދިރިއުޅުމާ، ދިރިއުޅުން ރައްކާތެރި ކުރުމަށް ފައިދާހުރި ނިޒާމެކެވެ. ހަމަ އެއާއި އެކު އަވަސް އިންޒާރު ދިނުމުގެ ނިޒާމުތައް (އީޑަބްލިއުއެސް)، ފައިދާހުރި ގޮތަކަށް ހެދުމަށްޓަކައި ސައިންޓިފިކް އަސާސްތަކާ އިތުބާރު ހުރި ޓެކްނޮލޮޖީއެއް އެކުލަވާލާ، މީހުން މަރުކަޒު ކޮށްފައިވާ، އިތުބާރު ކުރެވޭ އަދި އެންމެންނަށް ވެސް ލިބޭނެ ނިޒާމަކަށް ވާންޖެހެއެވެ.

ރާއްޖެއަކީ ފެންބޮޑުވުމުގެ ސަބަބުން ތަކުރާރުކޮށް ކުރާ އަސަރުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާ ބޮޑު ގައުމަކަށް ވާއިރު ފައިދާހުރި އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އީޑަބްލިއުއެސްއެއްގެ ވަރަށް ބޭނުންތެރި ގައުމެކެވެ. އދ އިން އީޑަބްލިއުއެސް އެއްގެ އެންމެ މުހިއްމު 30 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނާފައި ވާއިރު މި މަގްސަދުތައް ހާސިލު ކުރެވޭނެ ގޮތުގެ ރޯޑްމެޕް އެންމެ ފުރަތަމަ ތައާރަފްކުރި ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނެއެވެ.