އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މިއަދު ހަވީރު 5:15 އާ ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައި ވަނީ އުދަ އަރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ. މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މާލެ އާއި ބައެއް އެހެން ރަށްތަކަށް މިދިޔަ ހަފްތާގެ ފަހުކޮޅުން ފެށިގެން އަންނަނީ އުދަ އަރަމުންނެވެ. ނަމަވެސް އުދައިގެ ސަބަބުން އެއްވެސް ރަށަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓު ލިބިފައި ނުވެއެވެ.

މިދިޔަ އަހަރުތަކަށް ބަލާއިރު މިއީ އާންމު ގޮތެއްގައި ޜާއްޖެއަށް އުދައަރާ ދުވަސްވަރެވެ. އެގޮތުން މިދިޔަ އަހަރު ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް އުދަ އަރައި ބައެއް މީހުންނަށް އަނިޔާވެސްވެ ސައިކަލުތަކަށްވެސް ގެއްލުންވެފައި ވެއެވެ.