ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވެއްޖެއެވެ.

މުއުމިނާ އަވަހާރަވީ އިރު، އުމުރުފުޅަކީ 80 އަހަރެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މުއިމިނާ އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހްގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި އެމްޑީޕީއިން ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

މުއުމިނާއަކީ ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އަދި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހްގެ ވެސް މަންމާފުޅެވެ.