ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމަންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) އަދި އިންޓާ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ރާއްޖެ ގޮފީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އައްޔަންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ގޯޕެކް އާއި އައިޕީޔޫގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފައިވާކަމަށް ބުނެފައެވެ.
ގޯޕެކްއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާ، ހެޔޮވެރިކަމެއް ހަރުދަނާ ކުރުމަށާ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
މި ގޮތުން ގޯޕެކް ކޮމިޓީއަށް ރާއްޖެއިން އައްޔަންކޮށްފައިވާ މެންބަރުންނަކީ:-
1- ކޮމިޓީގެ ޗެއާގެ މަގާމަށް މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
2- ކޮމިޓީގެ ވައިސް ޗެއާގެ މަގާމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
3- ޓްރެޝަރާގެ މަގާމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
4- ސެކެޓްރީގެ މަގާމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު
5- ގޯޕެކް ކޮމިޓީގެ މެންބަރުކަމަށް ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް
6- ގޯޕެކް ކޮމިޓީގެ މެންބަރުކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
އައިޕީޔޫ އަކީ މިނިވަން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އައިޕީޔޫ އަށް އައްޔަން ކުރި މެންބަރުންނަކީ
1- ކޮމިޓީގެ ރައީސްކަމަށް މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
2- ކޮމިޓީ ނައިބު ރައީސްކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
3- ޓްރެޝަރާގެ މަގާމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
މީގެ އިތުރުން އައިޕީޔޫގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.