އެސްޓިއޯގެ ޑިރެކްޓަރުންގެ ބޯޑަށް 7 މެންބަރުން އައްޔަންކޮށްފިއެވެ.

ރޭ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 މެންބަރަކު ވަނީ އައްޔަންކޮށްފައެވެ.

- އާމިރް މަންސޫރު - އެސްޓިއޯގެ ޗެއާމަން

- ޝިމާދް އިބްރާހީމް - ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު

- މުހައްމަދު ނިޒާމް - ޗީފް ފައިނޭންސް އޮފިސަރު

- މުހައްމަދު މުރާދު - ބޯޑު މެންބަރު

- ދާނިޝް މުހައްމަދު އަމީން - ބޯޑު މެންބަރު

- ރީޝާ އަބްދުލް މުންނިމް - ބޯޑު މެންބަރު

- މުހައްމަދު އަހްސަން ސަލީމް - ބޯޑު މެންބަރު (އާންމު ހިއްސާދާރުންގެ ފަރާތުން)

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ 2023 ވަނަ އަހަރު ބަދަލު ގެނެސްފައެވެ.

ރޭ އެ ކުންފިން ބޭއްވި ޖަލްސާގައިވަނީ ކުރިއަށް އޮތް ހަ އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައެވެ. އަދި އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 65،500 އެމެރިކާ ޑޮލަރު ދިނުމަށް ރޭގެ ޖަލްސާގައި ނިންމާފައިވެއެވެ.