ދަ ޑިމޮކްރެޓްސްގެ އަހަރީ ދުވަހާ ގުޅިގެން އެކަމުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ޑިމޮކްރެޓްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާ މެމްބަރުންނަށް ދަންނަވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލީހުގެ މެންބަރުންތަކެއް ހިމެނިގެން ރައީސް ނަޝީދު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ ޕާޓީއެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް 15،000 އަށް ވުރެ ގިނަ ވޯޓު ހޯދާފައިވާ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ތިބީ 3،280 މެންބަރުންނެވެ. ދަ ޑިމޮކްރެޓްސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ މެއި 24 ވަނަ ދުވަހުއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި ހަމަކޮށް އީސީ އަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގެންނެވިއެވެ.