ގަލޮޅު ކަންމަތީ އޮތް ވޭނަކުން އެއްޗަކުން ގޮވާ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގަލޮޅު ކަންމަތީގައި އޮތް ވޭނަކުން ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ އިރު، އެ ސަރަހައްދުގައި އެމްޑީއެފްއިން ވެސް ދަނީ ހަރާކާތްތެރިވަމުންނެވެ.
މި ހާދިސާއާ ބެހޭ ގޮތުން މީޑިއާ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނީ ގަލޮޅު ކަންމަތީގައި ޕާކްކޮށްފައި އޮތް ވޭންއެއްގައި އެއްޗެއް ގޮވި ކަމުގެ ރިޕޯޓް ލިބުމުން މި ފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. އެމްއެންޑީއެފްއިން ވެސް ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާ ވޭނަަށް ވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓް ނުލިބޭ ކަމަށެވެ.
އެސަރަހައްދުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވަމުން އަންނަ އިރު ވޭނުން ބައެއް ހެކި އެއްކޮށްގެން މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.