ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑީޕީ ދޫކޮށް، ވެރިކަންކުރާ ޕީއެންސީ އަށް ސޮއިކުރެއްވި ނިހާދު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުކަން ވަނީ އެނގިފައެވެ.

ނިހާދުގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެން ތިއްބަވަނީ އަހްމަދު ނާޒިމް މުހައްމަދާއި ހާރިޒް މުހައްމަދެވެ.

ނިހާދާ އެކު އެމްޑީޕީގެ 13 މެންބަރަކު މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޕީއެންސީ އަށް ސޮއިކުރެއްވިއެވެ.