ދުނިޔެ ނިމި ދިޔުން ނުވަތަ ހުޅަނގުން އިރުއަރައްޖައުމަށް ދާންދެން ގިޔާމަތް ނުވާ ހުއްޓޭ ބުނާ އަޑު ދިވެހިން އަހާނެއެވެ. އެއީ އިސްލާމުންގެ ގަބޫލު ކުރުމުގައި ވެސް އެކަން އޮތް ގޮތެވެ.

ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތަކުގެ އަލީގައި ފަރަންޖީ ވެރިންނަށްވެސް ދުނިޔޭގެ ހިނގުމަށް ބަދަލު އަތުވެއްޖެ ކަމާއި ނުއަތުބުރަކަށް ހިފާފައި ވާކަމަށް މިހާރު ވަނީ އެއްބަސްވެވި ގަބޫލު ކުރެވިފައެވެ.

އެކިއެކި މޭވާ އާއި އެނޫންވެސް އޮށެއްގެ މައްޗަށް އުފެދިފައި އޮންނަ ކުރުނބާ ފަދަ ބާވަތްތައް ފަދައިން ދުނިޔެވެސް އުފެދިފައި ވަނީ ވަށް ބައްޓަމަކަށް އޮންނަ މައުދަންގެ ބޯޅައެއްގެ މައްޗަށެވެ. އެ ބޯޅައަކީ, ދަގަނޑާއި ނިކެލް އިން މުއްސަނދިވެފައި ވެ އަދި އޭގެ ހޫނު މިން އިރުގެ ބޭރުފަށަލައިގެ ހޫނުމިނާ ދާދި އެއްވަރު ކަމަށް ބެލެވޭ ބޯޅައެކެވެ. އެ ބޯޅައިގެ ވަށައިގެން ދެން އޮންނަނީ ދިޔާ މައުދަނުގެ ފަށަލައެކެވެ. އިރުގެ ބޭރު ފަށަލައިގެ ހޫނު މިނަކީ 5400 ޑިގްރީ ސެލްސިއަސް ކަމަށް ވާ އިރު ދުނިޔޭގެ އެންނެ އެތެރެ [ކޯރ] ގެ ހޫނު މިނަކީ ވެސް އެއީ ކަމަށް ސިސްމޮލޮޖިސްޓުން ބުނެއެވެ.

ދުނިޔެ އެނބުރެނީ ނުވަތަ ދައުރު ކުރަނީ މި ބޯޅައަށް ބިމުގައި ހުންނަ މެގްނެޓޔިކް ފީލްޑް ނުވަތަ ދަމާބާރު ދަމާތީ އުފެދޭ ހަރަކާތުގައި ކަމަށް ވެސް ހޯދިފައި ވެއެވެ.

ދުނިޔޭގެ ކޯރ އަކީ 5180 ކިލޯމީޓަރު ފުނުގައި އޮންނަ ބޯޅައެއް ކަމުން އޭގެ މައުލޫމާތު އެކަށީގެންވާ ފުޅާމިނެއްގައި ހޯދައިގަތުމަށް ސިންމޮލޮޖިސްޓުންނަށާއި ސައިންސްވެރިންނަށް އަދި ގޮންޖެހުންތައް ހުރި ނަމަވެސް ދުނިޔެއަށް އަންނަ ބަދަލުތަކާއި, ބިންހެލުންތަކާއި ކަނޑުގެ ލޮނުގަނޑު އުފުލި ހިނދޭ ހިނދުމާއި ވަގުތުތަކާއި އެނޫންވެސް ގުޅުން ހުރި އެތައް މައުލޫމާތެއް ދިރާސާކޮށް އެއްކުރާތާ 20 އަހަރަށް ފަހު ސައިންސްވެރިން މިއަދު އެއްބަސްވެފައި ވަނީ ދުނިޔޭގެ ހިނގުން މަޑުޖެހިއްޖެ ކަމަށާއި އިނާ ކޯރ ނުއަތު ބުރަކަށް ފަށާފައި ވާ ކަމަށެވެ.

އަދި މި ބަދަލާއެކު އިރުއަރާ އޮއްސުމަށް ނުވަތަ ދުވަހެއްގެ ދިގުމިނަށް ވަރަށް ކުޑަ މިންވަރެއްގެ ބަދަލެއް އަންނާނެ ކަމަށާއި މި ބަދަލު އިތުރަށް ބަދަލުވެގެން ދާން ނުވަތަ ފަރަގު ބޮޑުވާން 70 އަހަރުގެ ރާސްތާއެއް ނަގާނެ ކަމަށެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޑޯންސިފޭ ކޮލެޖްގެ ޕްރޮފެސާ އާތް އެންޑް ސައިންސް ޑރ. ޖޯން ވިދާލޭ ވިދާޅުވަނީ, ދުނިޔޭގެ އިނާ ކޯރ އެނބުރޭތޯ އެނބުރެނީ ކޮން ގޮތަކަށްތޯ ބަލައި ހޯދުމާއި އެކަމުގެ ބަހުސް ކުރާތާ 20 އަހަރު ވެއްޖެ ކަމަށާއި, މިހާރު އާދެވިފައިވާ މަރުހަލާއަކީ އެ ބަހުސް ހުއްޓާ, އެކަމަށް [އިނާ ކޯރ އެނބުރޭ ކަމަށް] އެއްބަސް ވުން ކަމަށެވެ.

ވިދާލޭ އެހެން ވިދާޅުވެފައި ވީ ނަމަވެސް ހުރިހާ ސިސްމޮލޮޖިސްޓުންނާއި ސައިންޓިސްޓުން އެކަމަކަށް އަދި އެއްބަހެއް ނުވެއެވެ. ބައެއް މީހުން މިހާރުވެސް އުފައްދާ ސުވާލަކީ އިނާ ކޯރ ގެ އެނބުރުން މަޑުހެހިއްޖެ ނަމަ ދުނިޔެއަށް ދެންވާނީ ކިހިނެއްތޯ އަހާ ކުރާ ސުވާލެވެ. އަނެއް ބަޔަކު ބުނާގޮތުން އެބަދަލުތަކީ ދުނިޔޭގެ މެގެނެޓިކް ފީލްޑްގެ ސަބަބުން އަންނަ ބަދަލުތަކެކެވެ.

އިނާ ކޯރ ގެ އެނގުރުމަށް ބަދަލު އައިސް ނުއަތު ބުރަކަށް ފެށިފައި ވާ ކަމަށް ސައިންސްވެރިން ގަބޫލު ކުރަން ފަށާފައި ވާ އިރު ހުޅަނގުން އިރު އަރާނެ ކަމަށް ސާބިތުވާ ރަސޫލާ ހަދީޘް ބަސްފުޅެއްގައި ވެއެވެ. ސަހީހު އަލް ބުހާރީ ރިވާކުރައްވާފައި ވެއެވެ. ރަސޫލާ ހަދީޘް ކުރެއްވިއެވެ. ހުޅަނގުން އިރުއަރައްޖެއުމަށް ދާންދެން ވަގުތު ނުޖެހޭ ހުއްޓެވެ. ހުޅަނގުން އިރު އަރާތަން މީސްތަކުން ދެކޭނޭ ކަމަށާއި އެހާރުން އެންމެން الله އީ އެއްކައުންވަންތަ އިލާހުކަމަށް ގަބޫލު ކުރާނެ ކަމަށެވެ. ނަމަވެސް އެހާރުން އެ ނަފްސަކަށް ކުރާނޭ މަންފާއެއް ނޯންނާނެ ކަމަށެވެ.