މާލޭގައި ހިންގަމުން ދިޔަ ސްޕާއެއް ބަލައި ފާސްކޮށް ބިދޭސީ 3 އަންހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށި ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މިރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގެ ދަށޫން ކޯޓު އަމުރެއްގެ ދަށޫން އެ ސްޕާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަން ބަލައި ފާސްކުރުމަށް ފަހު 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލޭންޑް ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރު ކުރި ބދޭސީންގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.
ސްޕާއެއް ބަލައި ފާސްކޮށް 4 މީހުން މިރޭ ހައްޔަރުކޮށްފައިވާ މިދިޔަ މާޗް މަހުްގައި އައްޑޫގެ ދެ ގެއެއް ބަލައި ފާސްކޮށް ވެސް ވަނީ ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފައެވެ.
އެގޮތުން މާޗް މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ސ. ހިތަދޫ ގެއެއް ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާ ތައިލޭންޑުގެ 3 އަންހެނުން ހައްޔަރު ކޮށްފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށް ދިވެހި ފިރިހެނަކާ، އިންޑިއާ ފިރިހަނެއްގެ އިތުރުން ތައިލޭންޑުގެ 2 އަންހެނުން އަދި މިޔަންމާގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.