ފަތުުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ހާއްސަ ކޮންފަރެންސެއް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ.

މަޓާޓޯ އިން ބުނީ މި ކޮންފަރެންސްގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް އަސަރުކުރާ މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް އެކަމަށް އެދެވޭ ހައްލެއް ގެނައުން ކަމަށެވެ.

އެގޮތުން މި އިވެންޓުގައި މުޅިން އަންހެން ވާހަކަ ދެއްކުންތެރިން ހިމެނޭ ދެ ޕެނަލެއް ކުރިއަށް ގެންދާނެ ކަމަށާއި މި ޕެނަލް ޑިސްކަޝަންގެ މައުޟޫއަކީ "އެޑްރެސިން ދަ ޑިސްޕެރިޓީ" އަދި "ކޮމްބެޓިން ސޮސައިޓަލް ސްޓިގްމާ" ކަމަށް މަޓާޓޯ އިން ވަނީ ބުނެފައެވެ.

މި އިވެންޓުގައި އަންހެނުންނާ މެދު ހަމަހަމަކަން އާލާކުރުމާއި ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ހާއްސަކަން ދެވޭނެ
މަޓާޓޯ

މަޓާޓޯއިން ބުނީ މި ކޮންފެރެންސްގެ ސަބަބުން މި ދާއިރާގައި އަންހެނުންނަށް ދިމާވާ ހުރަސްތަކާމެދު ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށާއި، އަންހެނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އާ ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.

މި އިވެންޓު ބާއްވަން ހަމަޖެހިފައި ވަނީ އޮގަސްޓު 19 ވަނަ ދުވަހު، ހޮޓެލް ޖެންގައެވެ.