އައްޑޫ ސިޓީ މަރަދޫގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު މަރަދޫގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ކޮށްފައިވާކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާވި ދެ މީހުންނަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ.
އައްޑޫ ސިޓީގައި މާރާމާރީ ހިންގުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.