އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި މީހަކު ހިއްސާ ކުރި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިއްޔެ ވަނީ އިސްލާމްދީނަށް ކުޑަމީސްކޮށް ޕޯސްޓެއް ކޮށްފައެވެ. ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށް އެ ޕޯސްޓުގައި ވަނީ ޔޯގާ ކުރުން ދިފާއުކޮށްފައެވެ.

އެ ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވެސް ނުރުހުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ފުލުހުން ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ޕޯސްޓަށް ކޮމެންޓްކުރި އެހެން އެކައުންޓަކުން ވެސް ވަނީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ކޮމެންޓު ކޮށްފައެވެ. ނަމަވެސް މިހާރު އެ އެކައުންޓް ވަނީ ޑިލިޓް ކޮށްލާފައެވެ.

މީގެ ކުރިންވެސް ދީނަށް ފުރައްސާރަކޮށް އެކި އެކި ޕޯސްޓު ކުރި މީހުންގެ މައްސަލަތައް ފުލުހުން ވަނީ ބަލާފައެވެ.