ޑިންގީއާއެކު ރާއްޖޭގެ ފަޅުރަށަކަށް ސޯމާލިޔާގެ ބަޔަކު ލައްގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނ. ވަވަތިއަށް ތިން މީހަކު ޑިންގީއާއެކު ލައްގާފައިވާ ކަމަށެވެ. އަދި އެއީ ސޯމާލިޔާއަށް ނިސްބަތްވާ ތިން މީހުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ މީހުންގެ އުމުރު ވެސް ހާމަކޮށްފައި ނުވެއެވެ.
އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ސޯމާލިއާއަކީ ފަގީރުންގެ ނިސްބަތް ވަރަށް ގިނަ ގައުމެކެވެ. އަދި އެމީހުން އެއް ގައުމުން އަނެއް ގައުމަށް ހިޖުރަ ކުރުމަށް ޑިންގީ ފަދަ ތަކެތި ބޭނުން ކުރާކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.