އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ 'ސޮރީ ބޯއިސް' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެތަނުން ވައްކަންކޮށްފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މާފަންނު މަޖީދީމަގަށްވާ ގޮތަށް ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ މައުލޫމާތު ރޭ 3:45 ހާއިރު ލިބުނު ކަމަށެވެ.

އެ ފިހާރައިން ރޭ ވަގަށް ގެންދިޔަ ބައެއް ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމަކު މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.