ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެ ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.
އިތުރަށް ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ފިރިހެނެއްކަމަށެވެ.
ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ސިނަމާލެ ބުރިޖު އެޅި ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީންނެވެ.